ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހިލޭ އެހީގެ ދަށުން 431 ވިޔަފާރިއަކަށް އެހީވެދީފިއެވެ.

އީޔޫގެ ހިލޭ އެހީގެ ދަށުން އެހީވެދީފައި ވަނީ 181 ގެސްޓްހައުސް އާއި 31 ސަފާރީ އަދި 219 ވިޔަފާރިއަކަށެވެ.

ކޮވިޑުން ލިބުނު ގެއްލުމުން އަރައިގަތުމަށް އީޔޫއިން ދީފައިވަނީ ދެ މިލިއަން ޔޫރޯއެވެ. އެއީ 36.1 މިލިއަން ރުފިޔާއެވެ. މި ފައިސާއިން ހިލޭއެހީއަށް ދޫކުރަނީ ޓްރެއިނިންއަށް ޚަރަދުކުރާ ހަ ލައްކަ ޔޫރޯ ކަނޑާފައި ބާކީ 1.4 މިލިއަން ޔޫރޯއެވެ.

މީގެ ކުރިން ލިބުނު އެހީ ވަނީ ވިޔަފާރިތަކަށް ހަވާލުކޮށްފައެވެ. އަދި މިއަދު އިތުރު 10 ވިޔަފާރިއަކަށް ވަނީ ކ. ތުލުސްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީ ލިބުނު ކަމުގެ ރަމްޒީ ލިޔުން ހަވާލުކޮށްފައެވެ.

އެހީ ދޫކުރަން ހަމަޖެހިފައި ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ ފަންޑު މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ)އަށް ހުށަހަޅައިގެންނެވެ.