މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ރަމަޟާން މަހު ޚިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހު އެ ބޭންކުން ޚިދުމަތްދޭނީ ހެނދުނު 9:30 އިން 12:00 އަށެވެ. އަދި މިހާރެކޭ އެއްފަދައިން ރަމަޟާން މަހު ވެސް އެ ބޭންކުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް ފޯރުކޮށްދޭނެއެވެ.

ރަމަޟާން މަހާ ގުޅިގެން އެ ބޭންކުން ޚާއްސަ ދެ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. އެގޮތުން އުޖާލާ ދިރިއުޅުން ފެސިލިޓީން ތަކެތި ގަނެގެން އެއްވަނަ އިނާމަކަށް ސައިކަލެއް، ދެވަނަ އިނާމަކަށް އައިފޯން 13 ޕްރޯމެކްސް އަދި ތިންވަނައަށް 65 އިންޗި ޓީވީއެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން ރޯދަ މަހުގެ ނިޔަލަށް ކާޑުން ވިޔަފާރި ކުރާ މީހުންނަށް ދެ ޕަސެންޓު ފައިސާ އަނބުރާ ލިބޭ ގޮތަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އެއްވަނައަށް ދާފަރާތަކަށް 55 އިންޗި ޓީވީއެއް، ދެވަނައަށް ދާ މީހަކަށް އައިސްއަލަމާރިއެއް އަދި ތިންވަނައަށް ދާ މީހަކަށް ދޮންނަމެޝިންއެއް ދިނުމަށް ވަނީ ނިންމާފައެވެ.