ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިއްސާދަރުންނަށް ރިކޯޑް އަދަދެއް ދިނުމަށް ބޯޑުން ފާސްކޮށްފިއެވެ.

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35 ރުފިޔާގެ މަގުން 188.3 މިލިއަން ރުފިޔާ އަދި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13 ރުފިޔާގެ މަގުން ޖުމްލަ 69.9 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށެވެ.

ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅައި ފާސްކޮށްގެންނެވެ. އިންޓެރިމް ޑިވިޑެންޑް ދިނުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހިއްސާދާރުންގެ ތެރެއިން ބޭންކުގެ ޝެއާ ރަޖިސްޓަރީގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.