23 Mar 2022, 09:10
ޕޯޗުގަލްގެ ޑިފެންޑަރު ޕޭޕޭ ކޮވިޑް-19 އަށް ޕޮޒިވިވުމާއި ގުޅިގެން، ވޯލްޑް ކަޕް ޕްލޭ-އޮފް ސެމީ ފައިނަލްގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭނެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަށް ނުކުޅެވޭތީ، ބަދަލުގައި ލިލްގެ ޑިފެންޑަރު ޓިއާގޯ ޖާލޯއަށް ކޯޗު ފެނާންޑޯ ސަންޓޯސް ވަނީ ފުރުސަތު ދީފައެވެ.
މީގެ އިތުރުން އަނިޔާގެ ސަބަބުން ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒްއަށް ވެސް މި މެޗުގައި ނުކުޅެވޭނެއެވެ.
ތުރޫކީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ފަހު ޕްލޭ އޮފްގައި ޕޯޗުގަލް ކުޅެން ޖެހޭނީ އިޓަލީއާއި އާއިނޯތު މެސެޑޯނިއާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނީ ވޯލްޑް ކަޕަށް ކޮލިފައިވެވޭނެ ކަމުގެ އިތުބާރު އޭނާއަށް އެބައޮތް ކަމަށެވެ.
ޕޯޗުގަލަ ވަނީ ފާއިތުވި ފަސް ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފައެވެ. އެންމެ ފަހުން ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިނުވީ 1998 ވަނަ އަހަރުއެވެ.