މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 'ނެކްސްޓް ޖެނެރޭޝަން ޕާފޮމަންސް މެނޭޖްމަންޓް'ގެ ނަމުގައި އެ ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓަށް ޚާއްްސަކޮށް ޓްރެއިނިންގް ސެޝަންތަކެއް ފަށައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ޓްރެއިނިންގް ސެޝަންތައް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކްރޮސް ރޯޑް މޯލްޑިވްސްގައެވެ.

އެމްޕީއެލުން ބުނީ މި ސެޝަންތަކަކީ މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ދެނެގަތުމާއި، ހުނަރުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ ސެޝަންތަކެއްކަމަށެވެ. އަދި އެ ސެޝަންތަކުގެ ސަބަބުން މުއައްޒަފުންގެ ގާބިލުކަން އިތުރުވެ، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލްވުމަށް ފަސޭހަވާނެކަން ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޕީއެލް އިން ކުރިއަށްގެންދާ އެ ސެޝަންތަކުގައި ކިޔަވައިދެއްވާނީ ދުނިޔޭގެ އެޗްއާރުންދޭ "ގްލޯބަލް އެޗްއާރު ލީޑާޝިޕް" އެވޯޑް ހާސިލްކޮށްފައިވާ ގްލޯބަލް ރިމިއުނިރޭޝަން އެކްސްޕާޓް އަދި ހިއުމަން ރިސޯސް ކޮންސަލްޓެންޓެއް ކަމަށްވާ ރޮބާޓް މޮސްލީއެވެ.