ތަފާތު އެކިއެކި ކުށްތަކުގައި ހިމެނޭ 45 ބިދޭސީއަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިޢުލާން ކޮށްފިއެވެ.

ހޯދާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ. އޭގެ އިތުރުން ސްރީލަންކާ، އިންޑިއާ، އިތިއޯޕިއާ، ނައިޖީރިއާ، އިނގިރޭސިވިލާތް، އިޓަލީ، ފިލިޕީންސް އަދި ތައިލެންޑްގެ މީހުން ހިމެނެއެވެ.

އިމިގްރޭޝަނުން ބުނީ ހޯދަން އިޢުލާން ކޮށްފައިވާ 45 މީހުން ވެސް ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.