ކުލަބު ފުޓުބޯޅައިގެ ކުޅެވޭ އެންމެ ފޯރިގަދަ މެޗުގެ ގޮތުގައި ގަބޫލު ކުރެވިފައިވާ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރާ އެލް ކްލެސިކޯ މެޗު މިރޭ އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އެ މެޗު ކުޅުން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ މެންދަމު 1:00 ގައެެވެ.

އެންމެ ފަހުން ދެ ޓީމު ވާދަކުރި ތިން މެޗުންވެސް ރެއާލް މެޑްރިޑުން ވަނީ ބާސެލޯނާގެ މައްޗަށް ކުރިހޯދާފައެވެ. ލީގު ތާވަލުގެ އެއްވަނައިގެ ހަމަޖެހިލައިގެން އޮތް ރެއާލްއަށް މި މެޗަކީ ލީޑު ފުޅާކުރުމަށް އޮތް ރަނުގެ ފުރުސަތެކެވެ.

ބާސެލޯނާގެ ލެޖެންޑް އަދި މިހާރު ބާސާގެ ކޯޗުކަމާ ހަވާލެވެގެން ހުރި ޒަވީ ހަނާންޑޭޒް ވެސް ވަނީ ޓީމުން ނެރޭ ނަތީޖާ ވަރަށް ބޮޑުތަން ރަނގަޅު ކޮށްފައެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކުރުމުގެ ގޮތުން ރެއާލްގެ މައްޗަށް ކުރި ހޯދުން ވަރަށް މުހިންމެވެ.

ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް މި ފޯރިގަދަ މެޗު ބަލާލަން ބޭނުން ކޮންމެ ބޭފުޅަކަށްވެސް އެމް އެސް މީޑިއާނެޓު އެޕް މެދުވެރިކޮށް މި މެޗު ބަލާލެވޭނެއެވެ. އަދި ޑީކޯޑަރަކާ ނުލައި ޗެނަލްތައް ބެލޭ އެމް އެސް ޓީވީ އަދި އެމް އެސް ލައިޓް އެޕްލިކޭޝަން އެންޑޮރޮއިޑް ސްމާޓް ޓީވީއަށް އިންސްޓޯލް ކޮށްގެން ވެސް މީޑިއާނެޓުގެ ޚިދުމަތް ލިބޭނެއެވެ.