20 Mar 2022, 09:22
އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ މިޑްލްސްބަރާ ބަލިކޮށް ޗެލްސީން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއާއެކު ޗެލްސީން މިވަނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.
އެންމެ ފަހުން އެފްއޭ ކަޕްގައި ކުޅުނު ދެ ފައިނަލްގައި ވެސް ޗެލްސީ ވަނީ ބަލިވެފައެވެ. އެއީ އާސެނަލް އަތުން ބަލިވި ފަހަރާއި، އެންމެ ފަހުން މިދިޔަ އަހަރު ލެސްޓާ ސިޓީ އަތުން ބަލިވެގެންނެވެ.
މިރޭގެ މެޗުގައި ޗެލްސީއަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ މެޗުގެ 15 ވަނަ މިނެޓުގައި ރޮމެލޫ ލުކާކޫއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ މޭސަން މައުންޓް ނަގައިދިން ހުރަހަކުންނެެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ޖަހައިދިނީ ހަކީމް ޒިޔެޗްއެވެ. އޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަަމާޒުވީ ގޯލުގެ ކަނަށެވެ.
އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މިރޭ ތިން މެޗެއް ކުޅޭނެއެވެ. މިރޭ ކްރިސްޓަލް ޕެލަސް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ. އަމިއްލަ ދަނޑުގައި ސައުތެމްޓަން ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. ލިވަޕޫލުން ރަށުންބޭރުގައި ބައްދަލުކުރާނީ ނޮޓިންހަމް ފޮރެސްޓްއާއެވެ.