ރާއްޖޭގައި ފުޓްސެލް ކުރިއެރުވުމަށް އެފްއޭއެމްއިން ފެށި މަސައްކަތަށް އެއްބާރުލުން ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ތައިލޭންޑްގައި ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަަނަލް ފުޓްސަލް ކަޕުގެ ރޭންކިން މެޗުގައި މޮންގޯލިއާ ބަލިކޮށް ރާއްޖެއިން ހޯދި ތާރީޚީ މޮޅާ ގުޅިގެން ޓީމަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓުގައި މަހުލޫފް ވިދާޅުވީ ޤައުމީ ފުޓްސަލް ޓީމު ހޯދި ތާރީޚީ މޮޅާއި އަދި މުބާރާތުގައި ދެއްކި ފުރިހަމަ ކުޅުމަށް ސާބަސް ކިޔާކަމަށެވެ. އަދި އަސްލު ފުޓްސަލް އިންޑޯއެއްގެ މަސައްކަތާއިގެން އުޅެންޖެހޭކަން ގައުމީ ފުޓްސެލް ޓީމުން ސާބިތުކޮށްދީފިކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއިން ވަނީ މިއަދު ކުޅުނު ރޭންކިން މެޗުގައު ޕެނަލްޓީގައި މޮންގޯލިއާ ބަލިކޮށްފައެވެ. މެޗު ނިމުނު އިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރާއްޖެއިން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ރާއްޖެއިން މެޗު ކާމިޔާބުކުރީ 8-7 ގެ ނަތީޖާއަކުންނެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ގައުމީ ފުޓްސެލް ޓީމް ހޯދި ފުރަތަމަ މޮޅެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ރާއްޖޭގެ ޢަބްދުﷲ ޝާފިޢު (ޝާއްޕެ) ހޮވުނުއިރު، މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ކުޅުންތެރިޔަކު މެޗެއްގެ މޮޅު ކުޅުންތެރިޔާކަން ހޯދި ފުރަތަމަ ފަހަރެވެ.