18 Mar 2022, 15:00
ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ. އަތޮޅުގެ އަންހެން ޑިވިޝަންގައި ރޭ ދަރަނބޫދޫއާއި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ބައްދަލުކުރި މެޗު ފަހަތުން އަރައި އެފްޑީއެސްއިން ކާމިޔާބުކޮށްފިއެވެ.
ވާދަވެރި ކުޅުމަކަށްފަހު އެފްޑީއެސް އިން މެޗު ކާމިޔާބުކުރީ 3-2 އިންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ކާމިޔާބުކުރީ ދަރަނބޫދޫންނެވެ. އެއީ ފުރަތަމަ ސެޓު 25-16 އިން އަދި ދެ ވަނަ ސެޓު 25-13 އިންނެވެ. ތިން ވަނަ ސެޓު ފަށައިގެން އެފްޑީއެސް އިން ވަނީ ކުޅުން ރަނގަޅުކޮށް 25-13ގެ ބޮޑު ނަތީޖާއަކުން އެ ސެޓު ކާމިޔާބުކޮށް އުންމީދު ހޯދާފައެވެ.
ހަތަރު ވަނަ ސެޓުގައި ވެސް މޮޅަށް ކުޅެ އެފްޑީއެސް އިން ވަނީ އެ ސެޓު ވެސް ކާމިޔާބުކޮށްފައެވެ. މި ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-19 އިންނެވެ. ފަސް ވަނަ ސެޓު 15-9 އިން ކާމިޔާބުކޮށް އެފްޑީއެސް އިން ވަނީ މެޗުން މޮޅުވެފައެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފްޑީއެސްގެ އިބާ ޢަބްދުاللهއެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި މިއަދު ހަވީރު މަގޫދޫ ނިކުންނާނީ ދަރަނބޫދޫއާ ދެކޮޅަށެވެ. އަދި އަންހެން ޑިވިޝަންގައި މިރޭ ނިލަންދޫ ނިކުންނާނީ ބިލެއްދޫއާ ދެކޮޅަށެވެ.