17 Mar 2022, 22:39
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް)އިން ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް) ބަލިކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލުގައި އެފްއެޗްއެސް އާއި އެފްއީ ބައްދަލުކުރި އަންހެން ޑިވިޝަންގެ އެ މެޗު ނިމުނީ ސީދާ ދެ ސެޓުން އެމްއެންޔޫބީއެސް މޮޅުވެގެންނެވެ. އެ މެޗަކީ އެމްއެންޔޫބީއެސްގެ ކުޅުންތެރިއަކު ކުލާހަށް ހާޒިރުނުވުމުގެ ސަބަބުން މުބާރާތުން ވަކިކުރުމަށްފަހު އަލުން ކުޅެވޭ މެޗެކެވެ.
އަލުން ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު އެމްއެންޔޫބީއެސް ކާމިޔާބުކުރީ 25-23 އިންނެވެ. އަދި ދެވަނަ ސެޓު ގެންދިޔައީ 25-20 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫބީއެސްގެ ޖާޒީ ނަންބަރު 11، ފިރުޝާނާ ނަސީރުއެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށް ވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.