މިއަހަރުގެ ރަމަޟާންމަހު އުމްރާއަށްދާ މީހުންގެ ޕާސްޕޯޓް ހެއްދުމަށް ލުއިފަސޭހަ ގޮތްތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ ރަމަޟާންމަހު އުމްރާއަށް ދިއުމަށް ޓަކައި މިދުވަސްކޮޅު ގިނަ ބަޔަކު ޕާސްޕޯޓް ހެއްދުމަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

އެހެންކަމުން އެމީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން މިއަދުން ފަށައިގެން ރޯދަމަސް ނިމެންދެން ދިވެހި ޕާސްޕޯޓް ސެކްޝަންގައި ޚާއްޞަ އިންތިޒާމްތަކެއް ގާއިމު ކޮށްފައިވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ވީމާ އުމުރާއަށް ދަތުރުކުރާ މީހުން، އެޕްލިކޭޝަން ހުށަހެޅުމަށްފަހު ރަސްމީ ގަޑީގައި އެކަމަށް ޚާއްޞަ ކޮށްފައިވާ ނަމްބަރު، 9199165 އަށް ގުޅުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ.