ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާނު ސަޢުދު ބިން ޢަބްދުލްޢަޒީޒްގެ ދަރިކަލުން، ޕްރިންސް ޙުސާމް ބިން ސަޢުދު ޗުއްޓީއަށް ރާއްޖެ ވަޑައިގެންފިއެވެ.

ސައުދީގެ ބަހާހް ޕްރޮވިންސްގެ ގަވަރުނަރުކަން ވެސް ކުރައްވާ ޙުސާމް އިއްޔެ ހެނދުނު ރާއްޖެ ވަޑައިގަތީ 45 މީހުންނާއެކުއެވެ. އޭގެ ތެރޭގައި އޭނާގެ އާއިލާއާއި ޚިދުމަތުގައި އުޅޭ މީހުން ހިމެނެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ޙުސާމްއާއި އޭނާއާއެކު ވަޑައިގަތް މީހުން ޗުއްޓީ ހޭދަ ކުރަނީ އަނަންތަރައިން ހިންގާ ރިސޯޓެއްގައެވެ.

އުމުރުން 61 އަހަރުގެ ޙުސާމްއަކީ ރަސްގެފާނު ސަޢުދު ބިން ޢަބްދުލްޢަޒީޒްގެ 52 ވަނަ ފިރިހެން ދަރިކަލުންނެވެ.

އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމް ހާސިލް ކުރައްވާފައިވާ ޙުސާމަކީ ކާމިޔާބު ވިޔަފާރިވެރިއެއްވެސްމެއެވެ.