އަޔަލެންޑުގެ ހުޅަނގުއުތުރުގައިވާ ޑޮނެގަލް ކައުންޓީގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހިނގި ގޮވުމުގެ ހާދިސާއެއްގައި ނުވަ މީހަކު މަރުވެއްޖެއެވެ.

ކްރީސްލޯ ވިލެޖު ސަރަހައްދުގައި ހުންނަ އެޕްލްގްރީން ޕެޓްރޯލް ސްޓޭޝަންގައި ހިނގި މި ހާދިސާގައި އިތުރު އަށް މީހަކަށް އެކިވަރުގެ ޒަޚަމްތައް ވެގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާގައި އަނިޔާވި އިތުރު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތައް ބައެއްގެ މުދަލަށްވެސް ވަނީ ގެއްލުންވެފައެވެ.

މިކަމާ ގުޅިގެން އަޔަލެންޑުގެ ބޮޑުވަޒީރު މާޓިން ވިދާޅުވީ، މިއީ އެ ގައުމަށް ދިމާވި ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އޭނާ ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

މި ހާދިސާ ހިނގީ އިނގިރޭސިވިލާތުގެ ނޮދަން އަޔަލެންޑާ ކައިރި އަވަށަކުން ކަމަށްވުމުން، ނޮދަން އަޔަލެންޑުގެ ސިއްހީ އެހީތެރިކަން މި ކަމުގައި ވަނީ ލިބިފައެވެ.

މިއީ އަޔަލެންޑުގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ. މި ހާދިސާގައި އިތުރު ފަރުވާއަށް ބައެއް މީހުން ޑަބްލިންއަށް އެއާލިފްޓުކޮށްފައިވާއިރު، މި ހާދިސާ ހިނގުމަށް މެދުވެރިވި މައިގަނޑު ސަބަބު ދެނެގަނެވިފައެއް ނުވެއެވެ.