17 Mar 2022, 08:58
ޓްރީ ޓޮޕް ހޮސްޕިޓަލުގެ "އޯޕަން ޑޭ 2022" މި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގައި 30 ގައުމަކަށް ނިސްބަތްވާ ގާތްގަނޑަކަށް 700 މުވައްޒަފުން މަސައްކަތްކުރެއެވެ. އެ އޯޕަން ޑޭގެ ތެރެއިން މީހުންނަށް ހޮސްޕިޓަލުގެ މަސަތްކަތު މާހައުލު ބަލައިލުމަށް ފުރުސަތެ ލިބޭނެއެވެ. އަދި އެ ހަރަކާތުގެ ތެރޭގައި، ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނާއި ބައްދަލުކޮށް، ވަޒީފާތަކަށް ޝައުގުވެރިވާ ބޭފުޅުންނަށް ވަގުތުން ސީ.ވީ ހުށެއެޅުމުގެ ފުރުސަތު ލިބޭނެއެވެ.
އެ ހަރަކާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ތަފާތު ވަޒީފާތަކާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމާއި ހޭލުންތެރިކަން އިތުރު ކުރުން ކަމަށް ޓްރީޓޮޕުން ބުނެއެވެ.
އެ ހޮސްޕިޓަލުގެ އޯޕަން ޑޭ ބާއްވާ ގަޑިތަކަކީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހަވީރު ހަތަރަކުން އިރުއޮއްސި ހަޔަކާހަމައަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ އޯޕަންޑޭގައި މެޑިކަލް ސާވިސަސްގެ ހަ މަގާމަކާއި، ރެޖިސްޓަރ ކޮށްފައިވާ ނަރުހުންގެ ހަތް މަގާމަކާއި، ނަރުހުން އެންސިލަރީ ހިދުމަތްތަކުގެ ދެ މަގާމަކާއި، އެންސިލަރީ ހިދުމަތްތަކުގެ ފަސް މަގާމެއް އަދި ހިއުމަން ރިސޯސަސްގެ ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެއެވެ.