16 Mar 2022, 22:59
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި ސްކޫލް އޮފް ނާސިން (އެސްއެން) އިން ފޯރިގަދަ ކުޅުމަކަށްފަހު ފެކަލްޓީ އޮފް އެޑިއުކޭޝަން ބަލިކުރިއިރު ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީއެފްއެސް)އިން ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ބަލިކޮށްފިއެވެ.
ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލްގައި ކުޅުނު ފިރިހެން ޑިވިޝަންގެ އެ މެޗު އެމްއެންޔޫބީއެސް ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-13 އަދި 25-11 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްއެންގެ ޖާޒީ ނަންބަރު 5، މަރިޔަމް ސަމްހާއެވެ.
ދެވަނަ މެޗުގައި ސީއެފްއެސްއިން އެފްއެޗްޓީއެސްގެ މައްޗަށް ކުރި ހޯދީ ދެ ސެޓުންނެވެ. ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-03 އިން ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ދެވަނަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-05 އިންނެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ސީއެފްއެސްގެ ޖާޒީ ނަންބަރު 17، މައިހާ ޢަލީއެވެ.
އެންމެ ފަހުން އެސްއެން ބައްދަލުކުރި މެޗު އެ ޓީމުން ވަނީ ފަސޭހަކަމާއެކު އެސްއެމް ބަލިކޮށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ މެޗު އެ ޓީމުން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
ސީއެފްއެސް އެންމެ ފަހުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ އެފްއެސްއެލްއާ ވާދަކޮށް ދެ ސެޓުންނެވެ. އަދި މިރޭ އެ ޓީމު ހޯދި މޮޅާއެކު އެ ޓީމު ވެސް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.
އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި އަހަރު މި ބޭއްވޭ އަށްވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަހަރު އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.