15 Mar 2012, 18:14
އައްޑޫ ކުނިކޮށި ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 54 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އައްޑޫ ކުނިކޮށި ސަރަހައްދުން ބޮޑު މަގުގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓުގައި އެމީހާ މަރުވީ އޭނާ ދުއްވި ސައިކަލު ކޮންޓްރޯލުން ނެއްޓި މަގުގެ އެއްކައިރީގައި ހުރި ގަހެއްގައި ޖެހިގެން ކަމަށެވެ.
އޭނާ މަރުވީ އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެނިކޮށް މިއަދު އިރުއޮއްސުނު ގަޑީގައި ކަމައްވެސް ފުލުހުން ބުންޏެވެ. އެ މިހާގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އޭނާ އެކްސިޑެންޓްވި ކަމަށް ބެލެވެނީ އެވަގުތު އެ ސަރަހައްދުން ދުއްވާފައި ދިޔަ އެހެން ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު އެ މަންޒަރު ފެނި މަރުވި މީހާ ދުއްވި ސައިކަލް ކޮންޓްރޯލުން ނެއްޓިގެން ކަމަށެވެ.