15 Mar 2012, 17:43
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްގެ އިޖްތިމާއީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިންޓަނެޓްގެ ހިދުމަތް ވަތަނިއްޔާއިން ފޯރުކޮށްދީފި އެވެ.
ވަތަނިއްޔާއިން ބުނީ އިދާރީ ހިންގުމަށް ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށް ދިނުމާ އެކު ރަށު ފޯނާއި ޑަބްލިއު މިކްސްގެ ޕެކޭޖުތަކެއްވެސް އެ މަރުކަޒާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެ ހިދުމަތްތައް ފޯރުކޮށްދިނީ އެތަނުން ފަރުވާ ހޯދާ މީހުންނަށް އާއިލާތަކާއި ގުޅުން ބަދަހި ކުރުމަށް މިހާރު ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކަމަށެވެ.
ހާއްސަ، އެހީއަށް ބޭނުންވާ ސެންޓަރުގައި 164 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.
މުއާސަލާތީ ހިދުމަތުގައި ހަތް އަހަރު ދުވަސް ހޭދަކޮށްފައިވާ ވަތަނިއްޔާއިން އަންނަނީ މުޖުތަމައަށް ފައިދާ ހުރި ތަފާތު ޕްރޮޖެކްޓްތަށް ހިންގަމުންނެވެ. އެގޮތުން "ގޯ ގްރީން" ކެމްޕޭން ފާހަގަކުރެވެ އެވެ. އަދި މިދިޔަ އަހަރު ޓައިނީ ހާޓްސް އިން ބޭއްވި ވޯލްޑް ރެކޯޑް ހަރަކާތްތައްވެސް ވަތަނިއްޔާ ވަނީ ބޮޑު އެހީތެރިކަމެއްވެދީފަ އެވެ.