15 Mar 2022, 10:14
މަސްތުވާތަކެއްޗާއެކު އިންޑިއާގެ ފިރިހެނަކު، ފުލުހުން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީ 12 ކިލޯގެ މަސްތުވާތަކެއްޗާއެކުގައެވެ.
ފުލުހުން ބުނީ، ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާއެކު 37 އަހަރުގެ އިންޑިއާ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން، އެ މީހާއަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ވިޔަފާރީގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ. މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، ނުވަތަ މަސްތުވާތަކެއްޗާއެކު ފެނިގެން ރާއްޖޭގައި ބިދޭސީން ހައްޔަރުކުރުމަކީ އާއްމު ކަމެކެވެ.