ޔޫތް އެލައިންސްއާއި ކުރި ސްޕޯޓްސްގެ މެޗުން، އަންހެނުންގެ 16 ވަނަ ނެޓްބޯޅަ ޗެމްޕިއަންޝިޕް މިރޭ ފަށާނެ އެވެ. މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ހަ ޓީމެއް ވާދަކުރާއިރު، ކޮންމެ ރެ އަކުވެސް ދެ މެޗެއް ކުޅޭނެ އެވެ.

މުބާރާތް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައި ވަނީ ދެ ގްރޫޕަކަށް ބަހާލައިގެން، އެންމެ މޮޅު ހަތަރު ޓީމް ސެމީ ފައިނަލަށް ދަތުރުކޮށް، ސެމީން މޮޅުވާ ދެޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ވާދަކުރާ ޓީމް ތަކަކީ، ޔޫތް އެލައިންސް އާއި ކުލަބް ރައިސަސް އާއި ކުލަބް އެމްއެޗް ހެލްޕިން ހޭޑް އާއި ނ. އަތޮޅު ކިޑް އާއި ކުރި ސްޕޯޓްސް އަދި ރޮބިންސިޔާ އެވެ.

މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗުގައި ނިކުންނަ ޔޫތް އެލައިންސްއާއި ކުރި ސްޕޯޓްސް ބައްދަލުކުރާ މެޗް ފަށާނީ 8:30 ގައެވެ.