14 Mar 2022, 00:10
ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ވިހި ރަށެއްގައި ދިރިއުޅޭ ހިނގާބިނގާވެއުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުނަށް މޮޓޮރަލައިޒްޑް ވީލްޗެއާ ހަދިޔާކޮށްފިއެވެ.
އެ އެހީ އާއެކު، ބޭންކުގެ ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 170 އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާ ކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ވަނީ އެހީތެރިވެދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ބީއެމްއެލްއިން އެހީރެތިވޭ
އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެ ޕްރޮގަރާމުގެ އަމާޒަކީ ރާއްޖޭގައި ވީލްޗެއާގެ ބޭނުން ޖެހިފައިވާ އެންމެނަށް ވީލަޗެއާ ހަދިޔާކުރުންކަމަށެވެ.
"މި ވީލްޗެއާގެ ޒަރިއްޔާއިން މުޖުތަމައުގައި ދިރިއުޅޭ އެހެން ފަރާތްތަކެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް އެމީހަކު އިހްތިޔާރުކުރާ ފަދަ އުފެއްދުންތެރި އަމިއްލަ މިނިވަން ދިރުއުޅުމެއް އުޅުމުގެ ފުރުސަތު ލިބިދޭ. މި ޕްރޮގްރާމްގެ ފައިދާ މުޅި ރާއްޖެއަށް ކުރަމުންދާކަމީ އަޅުގަނޑުމެންނަށް ލިބޭ ނުހަނު ބޮޑުއުފަލެއް." ޓިމް ސޯޔާ ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ބީއެމްއެލްއިން އެހީރެތިވޭ
ބޭންކުން 2017 ވަނަ އަހަރު ފެށި އެ ޕްރޮގަރާމް މެދުވެރިކޮށް އަންނަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިކަންފޯރުކޮށްދެމުންނެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު ބޭންކުން ވަނީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސޭބިލިޓީސް ގެ 'ހެލްތީ ޕީޑަބްލިއުޑީސް ޕްރޮގްރާމް' ހިންގުމަށް އެ އެސޯސިއޭޝަނަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ.