13 Mar 2022, 19:10
ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ޚިދުމަތް ގދ. ފަރެސްމާތޮޑާގައި ދޭން ފަށައިފިއެވެ.
މިއަދު އެރަށުގައި އެ ޚިދުމަތްތައް އިފްތިތާހު ކޮށްފައިވަނީ ހާއްސަ އޮފާތަކަކާ އެކުގައެވެ. އެގޮތުން، ފައިބާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަަރާތްތަކަށް ހިލޭ ގުޅައިދިނުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ފައިބާއަށް ބޭނުންވާ ޚާއްސަ ރައުޓަރު (އޯއެންޓީ) ވެސް ހިލޭ ލިބޭނެއެވެ.
މީގެ އިތުރުން ދިރާގު ޓީވީގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ވެސް ހިލޭ ގުޅައިދިނުމުގެ ޚިދުމަތާއެކު، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ކަމަށްވާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު 80 ރަށެއްގައި ދެމުން އެބަ ދެއެވެ. އެއާއެކު ރާއްޖޭގެ ގޭބީސީތަކުގެ 82 އިންސައްތައިން އެ ހިދުމަތް ބޭނުންކުރެއެވެ.
ދިރާގު ޓީވީއަކީ ވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތް ދޭ އައިޕީޓީވީ ހިދުމަތެވެ. ކޮލިޓީ އަދި އަގުގައި ތަފާތެއް ނެތި އެ ހިދުމަތް ވެސް 82 އިންސައްތަ ގޭބީސީއަށް ދިރާގުން ފޯރުކޮށްދެއެވެ.