ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ)ގެ އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތުގައި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އިން ފޯރިގަދަ ކުޅުމަކަށްފަހު އެފްއެޗްއެސް ބަލިކުރިއިރު ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީ (ފެސްޓު)އިން އަލަށް މުބާރާތުގައި ވާދަކުރި ސެންޓާ ފޯ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް) ބަލިކޮށްފިއެވެ.

ޤައުމީ ޔުނިވާސިޓީގެ ޕީއީ ހޯލްގައި ކުޅުނު ފިރިހެން ޑިވިޝަންގެ އެ މެޗު އެމްއެންޔޫބީއެސް ކާމިޔާބުކުރީ ތިން 3-1 ސެޓުންނެވެ.

މިރޭގެ ފުރަތަމަ ސެޓު ކާމިޔާބުކުރީ އެމްއެންޔޫބީއެސްއިންނެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-21 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް ދެ ވަނަ ސެޓު އެފްއެޗްއެސް ކާމިޔާބުކޮށް ނަތިޖާ ހަމަހަމަކުރިއެވެ. އެ ސެޓު އެ ޓީމުން ކާމިޔާބުރީ 22-25 އިންނެވެ.

ނަތިޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓު ކާމިޔާބުކޮށް އެމްއެންޔޫބީއެސް އެ ޓީމުގެ ފުރަތަމަ މެޗު ވަނީ ކާމިޔާބޮކޮށްފައެވެ. އެ ސެޓު އެ ޓީމުން ގެންދިޔައީ 15-8 އިންނެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެމްއެންޔޫބީއެސްގެ ޖާޒީ ނަންބަރު 19، އިބްރާހިމް ޝަރީފްއެވެ

ދެވަނަ މެޗުގައި ފެސްޓުން ސީއެމްއެސް ބަލިކުރީ ސީދާ ދެ ސެޓުންނެވެ.

އެ މެޗުގެ ސެޓުތަށް ފެސްޓުން ގެންދިޔައީ 25-13 އަދި 25-14 އިންނެވެ. ނަމަވެސް ސީއެމްއެސް އިން ވަނީ އެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.

އެމްއެންޔޫއެސްޔޫ އިންޓަފެކަލްޓީ ވޮލީ ބޯޅަ މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ސިލްސިލާ ގޮތެއްގައި ޤައުމީ ޔުނިވާސިޓިގެ ދަރިވަރުންގެ ޔުނިއަންގެ ފަރާތުން އެ ޔުނިވާސިޓީގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ.

މި އަހަރު މި ބޭއްވޭ އަށްވަނަ އެޑިޝަންގެ މުބާރާތުގައި އަންހެން އަދި ފިރިހެން ހިމެނޭހެން 16 ޓީމެއް ވަނީ ބައިވެރިވެފައެވެ.

މިއަހަރު އެމްއެންޔޫއެސްޔޫ އިންޓފެކަލްޓީ ވޮލީ މުބާރާތުގެ މީޑީއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ސަންމީޑިއާއެެވެ.