12 Mar 2022, 10:25
ރާއްޖޭގެ ޓޫރިޒަމަށް 50އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާ ލަވަ ނެރެފިއެވެ.
ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި އެ ލަވަ ނެރެދެއްވީ މިއުޒިކީ ދާއިރާގައި ނަން މަޝްހޫރު ތިން ފަންނާނުންކަމަށްވާ މުޙައްމަދު މާޖިދު (މެޒޯ މޯޑް) އާއި އެމޭޒަން ޖޭޑްސްގެ ވޯކަލިސްޓް ޢަބްދުއްރަޝީދު (އަބްސީ) އަދި ލަވަކިޔުންތެރިޔާ އަޙްމަދު ނާޝިދުގެ ދަރިފުޅު ނިޝް ނާޝިދެވެ.
އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވޭ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"ނަލަ ނަލަ ރާއްޖެ"ގެ ނަމުނަ ނަންދީފައިވާ އެ ލަވައިގެ ލިރިކްސް ހެދީ ދިޓިއުން ބޭންޑުންނެވެ. އަދި ވީޑިއޯ ތައްޔާރުކުރީ އޯކޭސް އިންނެވެ.

ލަވައިގެ ލިރިކްސް ހަދާފައިވަނީ ޑިޓިއުން ބޭންޑުން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
އެ ވީޑިއޯ ލަވައިގައި ދިވެހިންގެ ސަގާފަތާއި ރާއްޖޭގެ ރީތިކަން ދައްކުވައިދެއެވެ.
ރާއްޖޭގެ ޓޫރިޒަމަށް 50އަހަރު ފުރުން ފާހަގަކުރުމަށް ޓަކައި ޓޫރިޒަމް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ. އެގޮތުން ކުރިއަށްގެންދާ ހަރަކާތްތައް ހަމަޖައްސާ ވިލަރެސްކުރުމަށް "ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓިއަރިން ކޮމެޓީ"ގެ ނަމުގައި ކޮމިޓީއެއް ވެސް ވަނީ އެކުލަވާލާފައެވެ.