12 Mar 2022, 10:03
ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުން ދިޔަ ދެ ޒުވާނަކު ހާލުދެރަވެ އައިޖީއެމްއެޗްގައި ފަރުވާދޭންފަށައިފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ އެ ދެ މީހުންގެ ހާލު ދެރަވެގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ ދެ މީހުންގެ ތެރެއިން އެކަކަށް އައިސީޔޫގައި ފަރުވާދޭއިރު އަނެކަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު އެ ރަށުގައި ތަމްރީނު ހަދަމުން ދިޔަ ޒުވާނަކު ވަނީ ކުއްލި ގޮތަކަށް މަރުވެފައެވެ.
އެމްއެންޑީއެފުން ބުނީ އޭނާ މަރުވީ މާފިލާފުށީގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަފަހުންކަމަށެވެ.