11 Mar 2022, 22:31
ފާއިތުވި 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 1,548 ސާމްޕަލްގެ ތެރެއިން 172 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 376 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 34 މީހުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން މިއަދު 119 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 16 މީހުންނެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 174,163އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 14,232 މީހުން ތިބިއިރު އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ ދަށްވެފައެވެ.
އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 15.86 ޕަސެންޓު މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 11.11 ޕަސެންޓު މީހުންނެވެ.
ރާއްޖެއިން މުޅި ޖުމްލަ 398،315 މީހުން މިހާތަނަށް ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައެވެ. އަދި 371,410 މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފައި ވާއިރު، ބޫސްޓާ ޑޯޒު ފުރިހަމަކޮށްފައިވަނީ 142,239 މީހުނެވެ.