11 Mar 2022, 15:34
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޯވިޗް ސިޓީ ބަލިކޮށް ޗެލްސީއިން ލީގު ތާވަލްގެ ތިން ވަނައިގައި ހަމަޖެހިލައިފިއެވެ.
ނޯވިޗް ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ޗެލްސީއިން ވަނީ ލަނޑުޖަހައި ލީޑު ނަގާފައެވެ. ޗެލްސީއަށް ލިބުނު ކޯނަރެއްގައި މޭސަން މައުންޓް ނަގައިދިން ބީޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޓްރެވޯ ޗަލޯބާ އެވެ.
ޗެލްސީގެ ދެ ވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކައި ހަވާޓެޒް ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ މައުންޓެވެ. މި ލަނޑަށްފުހު ވެސް ޗެލްސީއިން އިތުރު ލަނޑެއް ޖެހުމަށް މަސައްކަތް ކުރި ނަމަވެސް، ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.
ނޯވިޗުން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ މެޗުގެ 69 ވަނަ މިނެޓުގައެވެ. އެ ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ޓީމޫ ޕޫކީ އެވެ. އެއީ ޗެލްސީގެ އޭރިޔާ ތެރެއިން އެ ޓީމުގެ ޗަލާބޯގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޗެލްސީގެ ތިން ވަނަ ލަނޑ މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަވާޓެޒް އެވެ. އޭނާ މި ލަނޑު ޖެހީ ނޯވިޗްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ.
ރޭގެ މޮޅާއެކު ޗެލްސީއިން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 27 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. ދެ ވަނަގައި ލިވަޕޫލް އޮތީ 27 މެޗުން ލިބުނު 63 ޕޮއިންޓާއެކުއެވެ. ލީގުގެ އެއް ވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 28 މެޗުން ލިބުނު 69 ޕޮއިންޓާއެކުއެވެ.
ލީގުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު، ސައުތަމްޕްޓަން އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު 2-1 އން ކާމިޔާބުކުރި ނިއުކާސަލްއެވެ. ވުލްވްސް އަދި ވަޓްފޯޑު ބައްދަލުކުރި މެޗު 4-0 އިން ކާމިޔާބުކުރީ ވުލްވްސްއެވެ. ރަށުން ބޭރުގައި އެސްޓަން ވިލާއިން ވަނީ ލީޑްސް ޔުނައިޓެޑް ބަލިކޮށްފައެވެ.