11 Mar 2022, 10:14
ކ. މާފުށި ޖަލާ ދިމާ މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މަރުވެފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ، މާފުށި ޖަލާ ދިމާ މޫދުގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު ރޭ ދަންވަރު ލިބުނު ކަމަށެވެ.
ތުހުމަތު ކުރެވޭ ގޮތުގައި އެ މީހާއަކީ މާފުށީ ޖަލަށް، ވަގަށް އެއްޗެހިތަކެއް ވަންދަން މަސައްކަތް ކުރި މީހެކެވެ. އެހެންވެ ފުލުހުން އަންނަނީ އެކަން ތަހުގީގު ކުރަމުންނެވެ.
އެމީހާ މޫދުން ނަގައިގެން ހެލްތް ސެންޓަރަށް ގެންދިޔަ ކަމަށާއި، ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތް ސެންޓަރުން މައުލޫމާތު ދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން ދާކަމަށެވެ.