09 Mar 2022, 23:05
ފާއިތުވީ 24ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 1743 ސާމްޕަލްގެ ތެރެއިން 329 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިދިޔަ 24ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 350 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 26 މީހުންނެވެ.
އަތޮޅުތެރޭގެ ރަށްރަށުން މިއަދު 281 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 14 މީހުންނެވެ.
ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 173،66 އަށް އަރާފައެވެ.
އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 14،276 މީހުން ތިބިއިރު އޭގެ ތެރެއިން 6 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.
އިއްޔެއާއި މިއަދު ސާމްޕަލް ނެގި އަދަދާ އަޅާ ބަލާއިރު މިއަދު ޕޮޒިޓިވްވި މިންވަރު ވަނީ މަތިވެފައެވެ.
އެގޮތުން އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 14.44 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 18.88 ޕަސެންޓެވެ.
ރާއްޖެއިން މުޅި ޖުމްލަ 398،293 މީހުން މިހާތަނަށް ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައެވެ. އަދި 371،327 މީހުން ދެވަނަ ޑޯޒު ފުރިހަމަކޮށްފައި ވާއިރު، ބޫސްޓާ ޑޯޒު ފުރިހަމަކޮށްފައިވަނީ 139،874 މީހުނެވެ.