މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވުމަށް ދުނިޔޭގެ އެއްވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން އަށް ދިން ދައުވަތު އޭނާ ޤަބޫލުކޮށްފިއެވެ.

މިކަން ހާމަކުރައްވަމުން ޔޫތު މިނިސްޓަރު އަޙުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވަނީ އަލްވިންއަށް ދިން ދައުވަތު ޤަބޫލުކުރީތީ އޭނާއަށް ޝުކުރު އަދާ ކުރާކަމަށެވެ.

އަލްވިން ވަނީ ޕޫލް ބިލިއާޑުން ދުނިޔޭގެ ޗެމްޕިއަންކަން ދެ އަހަރު ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި ފާއިތުވި 2021 ވަނަ އަހަރުއެވެ. މީގެ އިތުރުން އޭނާ ވަނީ ވޯލްޑް ކަޕް އޮފް ޕޫލްގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައެވެ.

މި ވަގުތު ދުނިޔޭގެ އެއް ވަނަ ޕޫލް ޕިލިއާޑް ކުޅުންތެރިޔާ އަލްވިން ވަނީ ޗައިނާ އޯޕަންގެ ޗެމްޕިއަންކަމާއި ޕޫލް ބިލިއާޑްގެ މިދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާކަން ވެސް ހޯދާފައެވެ.

ދުނިޔޭގެ އެއް ވަނަ ޕޫލް އެންޑް ބިލިއާޑް ކުޅުންތެރިޔާ އަލްބިން އައުސްޗަން ---

ދުނިޔޭގެ އެއް ވަނަ އަލްވިންގެ އިތުރުން މި ހަފްލާގައި ބައިވެރިވާނެ ހަ ލެޖެންޑެއް ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް، ބްރެޒިލްގެ ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ރީޑް، ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ، ސްވިޑެންގެ ކާމިޔާބު ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް އަދި ބްރިޓިޝްގެ ޕެރަލިމްޕިކް ލެޖެންޑް ލޫސީ ޝުކާ ހިމެނެއެވެ.

ގިނަ އަހަތުތަކެއްގެ މެދު ކެނޑުމަކަށްފަހު އަނެއްކާވެސް ސަރުކާރުން އެވޯޑު ހަފްލާ ބާއްވާއިރު، މިފަހަރުގެ އަމާޒަކީ ފެންވަރު ރަނގަޅު، ގްރޭންޑެޑް އިވެންޓެއް ބޭއްވުން ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވިއެވެ.

އެކުވެނި ޓްރެކްގައި އޮންނަ މި ހަލްފާއަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އެކުވެނި ބަންދުކުރެވޭނެކަމަށް ޔޫތު މިނިސްޓްރީއިން ވަނީ އަންގާފައެވެ. އަދި ހަފްލާއަށް ތައްޔާރުވުމުގެ އެކިއެކި މަސައްކަތް މިހާރު އެ މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ.