08 Mar 2022, 16:29
މަސައްކަތުގެ މާހައުލުގައި ކޮންމެ ދެ ދުވަހެއް އެއްގޮތެއް ނޫނެވެ. ކުރިމަތިލާން ޖެހެނީ ތަފާތު ކަންކަމާއެވެ. ތަފާތު މިޒާޖުތަކުގެ ތަފާތު މީހުންނާ މުއާމަލާތްކުރަން ވެސް ޖެހެއެވެ. މިގޮތުގެ މަތީން އުޅޭ އިރު ހިތް ނުތަނަވަސްވާ ދަނޑިވަޅު ކުރިމަތިވާނެކަން ޔަގީނެވެ. ބައެއް ފަހަރު މަސައްކަތުގެ ތެރެއަށް މާ ބޮޑަށް ވަދެވިގަނެގެން އެހެން ކަންކަމުގެ މަތިން މުޅިން ހަނދާން ނެތޭ ފައްތަރަށްވެސް ދެއެވެ. އަނެއްބައި ފަހަރު ކުރިމަތިލާންޖެޖޭ ކަންކަމާ ހުރެ ހިތްހަމަނުޖެހި މާޔޫސްވާ ހާލަތްތައް މެދުވެރިވެއެވެ.
މިހެން ދިމާވާ ބައެއް ކަންކަމާ ހުރެ މަސައްކަތުން ޑީވިއޭޓުކޮށްލައި, މަސްއޫލިއްޔަތުތަކުގެ މަތީން ހަނދާން ނެތޭ ފަހަރުތައް ވެސް މަދެއް ނޫނެވެ. ކިތަންމެ ވަރަކަށް ޓާގެޓުތައް ހާސިލުކުރަން އުޅުނަސް އެއްވެސް މަސައްކަތެއް ނުކުރޭ ދުވަސްތައް ވެސް އާދެއެވެ.
އާ އަހަރެއް ފަށައިގެން ތިންވަނަ މަސް ކަޑައްތުކުރަމުން ދާ ނަމަވެސް އަދި ލަހެއް ނުވެއެވެ. މި އަހަރަކީ ވަޒީފާގެ މާހައުލާއި އެހެނިހެން ކަންކަމުގައި ވެސް އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން އިސްކުރުމުގެ އަމާޒެއް ކަނޑައަޅައި, އެ އަމާޒު ވާސިލުކުރަން މަސައްކަތް ފެށުމަށް އަދި ލަހެއް ނޫނެވެ. މިއަދު ވެސް ފަށަން ހިނގާށެވެ!
އެލައިޑް އިންޝުއަރަންސްގެ މި އަހަރުގެ ކަލަންޑަރުން ދެނީ ވެސް މި މެސެޖެވެ. މަސައްކަތުގެ މާހައުލުގައިވެސް ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމުގެ މުހިންމު ކަމެވެ. އާންމުކޮށް ޓޭބަލް ކަލަންޑަރަކީ މަސައްކަތްކުރާ ސްޓޭޝަން ނުވަތަ ޑެސްކު މަތީގައި ބަހައްޓާ އެއްޗަކަށް ވާތީ, އެލައިޑްގެ މި އަހަރުގެ ގެ ކަލަންޑަރަކީ ހަމަ ސީދާ އެކަމަށް ހާއްސަކޮށްފައިވާ ފަރުމާއެކެވެ.
މި ކަލަންޑަރު އެކުލެވިގެން ވަނީ ކޮންމެ މަހެއްގެ ތާރީހުތައް ލިޔެފައިވާ ކާޑުތަކެއްގެ މައްޗަށެވެ. އެއް ކާޑު އަނެއް ކާޑަށް ލައްވައިގެން "ސްޓޭންޑެއް" ހަދާލައިގެން ކަލަންޑަރު ބަލައިލެވޭ ގޮތަށެވެ. މިއީ މަސައްކަތުގައި އުޅޭ އިރު ބްރޭކެއް ނަގައިގެން ކޮށްލެވިދާނެ "ފަން އެކްޓިވިޓީ" އެކެވެ.
އޭގެ އިތުރުން ދެ ތިން ޑެސްކް އައިޓަމެއްވެސް ކަލަންޑަރާއެކު ހިމަނާފައިވާ ވެލްނެސް ޕެކްގެ ތެރެއިން ލިބެއެވެ. އެއީ މަސައްކަތުގައި އުޅެނިކޮށް މާ ޓެންޝަނަށް އަރައިފިނަމަ އަތުތެރެއަށް ލައިގެން ފިއްތާލަން ސްޓްރެސް ބޯލްއަކާއި, ފޫހިވުމުން ދެ އިނގިލި ދޭތެރޭގައި އަނބުރާލަން ފިޖެޓް ސްޕިނަރއަކާއި, އަދި މާ ސްޓްރެސްފުލް ދުވަހެއްގެ ސްޓްރެސްފުލް ވަގުތުގައި ހަގީގީ ބްރޭކެއް ނެގުމުގެ ގޮތުން ޑެސްކް މަތީގައި އެކި ގޮތްގޮތަށް އަނބުރާ ހަދާލަން ފްލިޕޯ ފްލިޕް އެކެވެ.

އެލައިޑްގެ ވެލްނެސް ކަލަންޑަރާއި އެއާއެކު މި ލިބޭ ކުޑަ, އެކަމަކު މަސައްކަތުގެ މާހައުލަށް ހިތްހަމަޖެހުން ގެނެސްދޭ ހަދިޔާތައް ހޯދުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އެބަ އޮތެވެ. މިވަގުތު ހުޅުވާލާފައިވާ ފުރުސަތުން އެލައިޑްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓު ޝެއާކޮށްލައިގެން ކޮންމެ ދުވަހަކު ކޮންމެވެސް އެއް ނަސީބުވެރި ފަރާތަކަށް އެލައިޑްގެ ވެލްނެސް ކަލަންޑަރު ލިބޭނެއެވެ. މިދިޔަ ހަފްތާގައި ފޭސްބުކްގހައި ފެށި މި ހަރަކާތް, އަންނަ މާޗް މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ހަނދާން ކުރައްޗެވެ. ދިރިއުޅުމުގައި ވެސް, އަދި ވަޒީފާގައި ސްޓްރެސްވާ ކަންކަމާ ދިމާވާނެއެވެ. އެކަމަކު އެފަދަ ހާލަތްތައް މަދުކުރުމަށްޓަކައި, ގަވައިދުން ބްރޭކް ނަގައި, ސިކުނޑި ރީފްރެޝްކޮށްލަން ވާނެއެވެ. އަދި ނަފްސާނީ އެހީ ބޭނުންވާ ނަމަ އެ އެހީ ހޯދުމަށް ލަދާއި ބިރު ނުގަންނާށެވެ. އެހީ ބޭނުންވާނަމަ އެހީ ހޯދުމަކީ ހިތްވަރު ދައްކައިދޭ ކަމެކެވެ.