08 Mar 2022, 11:20
ޓެކްސީއަކަށް އެރި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް ތިން ދުވަސް ޖަހައިފިއެވެ.
މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންގޮސް، ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ތިން ދުވަސް ޖަހައިފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.