15 Mar 2012, 12:40
ފުވައްމުލަކުގައި ސްކޫލް ކުދިންތަކަކަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް ދެއްކި ޓީޗަރަކު ހައްޔަރު ކޮށްފި އެވެ. ފުވައްމުލަކުގައި ހިންގި އެ އަމަލާ ގުޅިގެން ޓީޗަރަކު ހައްޔަރު ކުރިކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހައްޔަރުކޮށްފައި ވަނީ ފުވައްމުލަކު ހޯދަޑު އަވަށުގައި ހުންނަ ނައިބު އަބޫބަކުރު ސްކޫލްގެ ގްރޭޑް ހަތެއްގެ ދަރިވަރުންނަށް އިނގިރޭސި ކިޔަވައިދޭ ބީދޭސީ ޓީޗަރެކެވެ. އެ ސްކޫލަކީ ގްރޭޑް ހަތަކާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.
މިކަމާ ގުޅިގެން ނައިބު އަބޫބަކުރު ސްކޫލްގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މިދިޔަ އަހަރު ފުވައްމުލަކުން ގދ. ތިނަދުއަށް ދިޔަ އެރަށު އެތުލެޓިކްސް އަންހެން އޮފިޝަލުންތަކެއް ބަރަހަނާ ވީޑިއޯ ތަކެއް ލީކު ކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.