08 Mar 2022, 10:07
މި މަހުގެ ފަހު ކޮޅު އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމް އެކުލަވާލައިފިއެވެ.
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 26 އިން ފެށިގެންނެވެ.
މި ޓީމްގައި ހިމެނެނީ ތިން ފިރިހެން އެތުލީޓުންނާއި ތިން އަންހެން އެތުލީޓުންނެވެ.
މި މުބާތާރާތުގައި ވާދަ ކުރާ އަންހެން އެތުލީޓުންނަކީ އާއިޝަތު ރާނިޔާ، އައިޝަތު ރިޝްމީ އަދި މަރްޔަމް ޢަބްދުލް ކަރީމް އެވެ.
ފިރިހެން އެތުލީޓުންނަކީ އިރުފާން މުޙައްމަދު، ޔޫސުފް އިބްރާހިމް އަދި ޙުސެއިން ފަޒީލް ހާރޫން އެވެ.
މި ޓީމްގެ ކޯޗެއްގެ ގޮތުގައި މި އަހަރު މަސައްކަތްކުރާނީ މެރަތަން ރަނަރސްގެ ނަސްރު ﷲ އަޙްމަދު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މި އަހަރު ބާއްވާ މި މުބާރާތަކީ އިންޑިއާގެ ނާގަލޭންޑްގައި ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. އަދި މި މުބާރާތުގައި އިންޑިއާގެ އެކި ކަންކޮޅުތަކުން ދުވުންތެރިން ވާދަކުރާނެއެވެ.