ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙުމަދު ނަސީމްގެ މަންމާފުޅު، މަރިޔަމް ޒުބައިރު (މަންދީ)އަށް ހަމަލާ ދީ ބޯ ފަޅާލި މީހާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލައިފައިވަނީ މ. ހަނީކޯމްބް އުމުރުން 39 އަހަރުގެ އަޙުމަދު ޖަޒީލްގެ މައްޗަށެވެ.

މަންދީއަށް ހަމަލާ ދީފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު، ސޯސަންމަގުގައި ހުންނަ އެމްޑީޕީގެ އޮފީސް ތެރޭގައި އޭނާ ހުއްޓާ، ބޮލުގައި ޗޭނުގަނޑަކުން ޖަހައިގެންނެވެ. އެ ހަމަލާގައި މަންދީގެ ބޯފަޅައިގެން ގޮސް، އެކި ވަރުގެ އަނިޔާތައް ވެފައިވެއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޖަޒީލް ވަނީ ކުށަށް އިއުތިރާފްވެފައެވެ. އޭނާގެ މައްޗަށް މީހަކަށް އަނިޔާއެއް ދިން ކަމުގެ ކުށް ސާބިތުވެ، ނުވަ މަހާއި ދެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

މަންދީގެ އިތުރުން، އެ ދުވަހު އެމްޑީޕީ އޮފީހުގައި ހުރި އިތުރު މީހަކަށް ޖަޒީލް ހަމަލާ ދިން މައްސަލައިގައިވެސް އޭނާގެ މައްޗަށް ދައުވާކޮށްފައިވެއެވެ. އެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވެފައިވާއިރު، ހަ މަހާއި ހަ ދުވަހަށް ޖަހަށް ލާން ހުކުމްކޮށްފައިވެއެވެ.

ޖަޒީލު ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، ހަމަލާއަށް ފަހު ކަމަށް ބުނެފައެވެ. މަންދީ ބުނީ ޖަޒީލް ފަދަ ކުއްޖަކަށް ބޭނުންވަނީ ފަރުވާ ކަމަށެވެ.

"އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށް ލާ އެތައް ދުވަހެއް ބޭންދުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމްކުރާކަށް. އޭނާއަށް ފަރުވާ ބޭނުންވޭ، އެކަހަލަ ކުއްޖަކު ނެތް އާއިލާއެއް މަދުވާނެ،" މަންދީ ބުނެފައިވެއެވެ.

މަންދީއަށް ދިން ހަމަލާއަށްފަހު، ޖަޒީލް އޭނާގެ ވެސް ހައްޔަރުކޮށްފައިވެއެވެ.