07 Mar 2022, 15:43
މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ބ. އޭދަފުށީގައި އެ ބޭންކުގެ އޭޓީއެމްއެއް ހުޅުވައިފިއެވެ.
މިއަދު އެ ރަށުގައި އޮތް ހަފްލާއެއްގައި އޭޓީއެމް ހުޅުވައިދެއްވީ އެ ބޭންކުގެ އެކްޓިން ސީއީއޯ އަޙްމަދު ރިޒާއެވެ.
އެމްއައިބީން ބުނީ ބ. އަތޮޅުގައި އެ ކުންފުނީގެ ޚިދުމަތްތައް ފުޅާކުރަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަމަށެވެ. އެގޮތުން، އެ ބޭންކުގެ އެކި ޚިދުމަތްތަކަށް "އެޕްލައިނައު" ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި، އެ ރަށުގައި ބެހެއްޓި އޭޓީއެމަކީ ފައިސާ ޖަމާކުރުމާއި، ނެގުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ، ޒަމާނީ އޭޓީއެމްއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްއައިބީގެ އޭދަފުށީ ބްރާންޗް ހުޅުވުމުގެ ތެރެއިން --- ފޮޓޯ/އެމްއައިބީ
އެ އަތޮޅުގެ ރައްޔިތުންގެ ތެރެއިން އެމްއައިބީގައި އެކައުންޓް ހުޅުވަން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
އެ ބޭންކުގެ ޓީމެއް މިހާރު ވެސް އެ އަތޮޅުގައި ހަރަކާތްތެރިވަމުން އެބަ ދެއެވެ. ކުރިމަގުގައި ވެސް އެމްއިބީގެ ޓީމުތައް އެ އަތޮޅަށް ދާނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީގެ ބްރާންޗުތައް މިހާރު ހުންނަ ރަށްތައް:
މާލެ، ހުޅުމާލެ
- ބ. އޭދަފުށި
- ސ. ހިތަދޫ
- ގދ. ތިނަދޫ
- ހދ. ކުޅުދުއްފުށީ
ދާދި ފަހުން އެމްއައިބީން ވަނީ އެކައުންޓު ހުޅުވުމާއެކު ވަގުތުން ދޫކުރާ ކާޑެއް ވެސް ތައާރަފުކޮށްފައެވެ. އެއީ ރާއްޖޭގެ ހުރިހާ ޕީއޯއެސް މެޝިނެއްގައި ވެސް ބޭނުންކުރެވޭ ކާޑެކެވެ.