15 Mar 2012, 11:57
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވި ނަމަވެސް އެ ދުވަހު ސަރުކާރު ބަންދު ނުކުރާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަމަޖައްސަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، ބާއްވަން ކުރިން ހަމަޖެއްސި މާޗް މަހުގެ 1 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުހައި ހަމަޖައްސާފައިވާތީ އާއި އެ ދުވަހުގެ ޖަލްސާ ބޭއްވޭގޮތް ނުވިނަމަވެސް، ދެން ބާއްވާ ދުވަސް ބަންދު ކުރެއްވުމަކީ، ހަމަޖެހޭގޮތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިނުގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.