15 Mar 2012, 11:34
ޖަޕާނުގެ އެކަޑަމީގައި ތަމްރީނު ހޯދުމަށް ލިބިފައިވާ ފުރުސަތުގައި އެ ގައުމަށް ފޮނުވާ ދެ ކުޅުންތެރިން އެފްއޭއެމުން ކަނޑައަޅައިފި އެވެ.
ނަން ހާމަކުރަން ނޭދޭ އެފްއޭއެމުގެ އިސް އޮފިޝަލަކު ބުނީ ޖަޕާނަށް ފޮނުވާނެ ދެ ކުޅުންތެރިންނަކީ މިހާރު ކުރިއަށްދާ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަ ކުރާ މާޒިޔާގެ ދެކުޅުންތެރިއެކެވެ. އެއީ މުހައްމަދު ޝާދިން އާއި މުހައްމަދު ތަސްމީނެވެ. މީގެ ތެރެއިން މިދިޔަ އަހަރުގެ މުބާރާތުގެ ގަދަ ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ތަސްމީނަކީ ހުއްރިއްޔާގެ ކުރީގެ ކުޅުންތެރިޔާ އަތީފް އަހުމަދުގެ ދަރިފުޅެވެ.
އެފްއޭއެމުން މި ދެ ކުޅުންތެރިން ޖަޕާނަށް ފޮނުވަން ނިންމާފައި މިވަނީ ޔޫތު ޗެމްޕިއަންޝިޕް ނިމުމުގެ ކުރިންނެވެ. ނަމަވެސް އެފްއޭއެމުން މިކަމާ އެއްބަހެއްނުވެ އެވެ. ޓެކްނިކަލް ޑައިރެކްޓަރު މައުރޫފް އަހުމަދު (މާއްޓޭ) މުބާރާތް ފެށުމުގެ ކުރިން ވިދާޅުވީ ޖަޕާނަށް ފޮނުވާނެ ދެ ކުޅުންތެރިން ނިންމާނީ މުބާރާތުގެ ކުޅުމަށް ބަލާފައި ޓީމުގެ ތަކުގެ ކޯޗުންނާ ވެސް މަޝްވަރާކުރުމަށްފަހު އެވެ.
އެކަމަކު މި ދެ ކުޅުންތެރިންނަށް މިހާރު ވަނީ ޖަޕާނަށް ދާން ހޮވުނުކަން އަންގައިފަ އެވެ.