07 Mar 2022, 09:55
ޓެކްސީއަކަށް އެރި އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މާލެއިން ޓެކްސީއަކަށް އެރި 20 އަހަރުގެ ދިވެހި އަންހެނަކު، ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ގެންގޮސް، ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހުށަހަޅާފައި ވާކަމަށެވެ.
ރޭ ދަންވަރު ފުލުހަށް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
"ހުޅުމާލެ ފޭސް ދޭކަށް ގެންގޮސްފައި ވަނީ އަންހެން މީހާގެ ނުރުހުމުގައި،" ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.