06 Mar 2022, 19:35
މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ޢާއްމުންގެ އެހީތެރިކަމަށް އެދި، ފުލުހުން ވީޑިއޯ ޢާއްމު ކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހާއަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީގު ކުރަމުން އަންނަ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
މިހާތަނަށް ކުރި މަސައްކަތުން ވެސް ކާކުކަން ދެނެގަނެވިފައިނުވާތީ އެމީހާއަކީ ހޯދައި ނުފެނިފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީhttps://t.co/0EDqhkOFzqpic.twitter.com/SMDz78Ql37
— Maldives Police (@PoliceMv)March 6, 2022
ވީޑިއޯއިން އެ ފެންނަ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ މީހަކު ހުރެއްޖެ ނަމަ، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9980048 އަށް ގުޅުމަށްފަހު އެ މަޢުލޫމާތެއް ހިއްސާކުރުމަށް ފުލުހުން އެދެއެވެ.