06 Mar 2022, 18:36
ޒަޚަމް ތަކަކާއެކު ހުޅުމާލޭ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ "ސަން"އަށް އެކަން ކަށަވަރު ކޮށްދެއްވާފައެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާތަކެއް ލިބިފައިވާ މީހަކު ހުޅުމާލޭ ދެވަނަ ފިވަހީގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮތްކަމުގެ މަޢޫލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 17:30ހާއިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަނިޔާތަކަކާއެކު މަގުމައްޗަށް ވެއްޓިފައި އޮތް އެ މީހާއަކީ އުމުރުން 32 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
"އޭނާގެ ބޯ ފަޅައިގެން ގޮސްފައިވާތީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް، މިހާރު އަންނަނީ ފަރުވާދެމުން،" އޮފިޝަލް ވިދާޅުވިއެވެ.
އެކަން ހިނގިގޮތް ފުލުހުން އަންނަނީ ބަލަމުންނެވެ.