07 Mar 2022, 10:15
ށ. އަތޮޅު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކާ ބެހޭ މައުލޫމާތު ދޭން، އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްރަށަށް ދިއުމަށް ނިންމައިފިއެވެ.
ފުނަދޫގައި ހުންނަ އެ އަތޮޅުގެ އަތޮޅު ކައުންސިލުން ބުނީ، މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ޕްރޮގްރާމްތަކާއި ފަސް އަހަރުގެ ތަރައްގީ ޕްލޭނާ ބެހޭ މައުލޫމާތު، އަތޮޅުގެ ރަށްރަށަށް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.
އެހެންކަމުން އެ އަތޮޅުގެ ރަށްރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި ކުލަބުތަކުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާ މައުލޫމާތު ހިއްސާކުރަން މާދަމާ ރަށްރަށަށް ފުރަން ހަމަޖެހިފައި ވާކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދިނެވެ.
މި ދަތުރުގެ ތެރެއިން، ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ފުނަދޫއަށް ދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނެވެ.
މާދަމާގެ ދަތުރުގައި އަތޮޅު ކައުންސިލުން ޒިޔާރަތް ކުރަން ހަމަޖެހިފައި ވަނީ ފުނަދުއާއި ޅައިމަގުގެ އިތުރުން މާއުނގޫދޫ އަދި ކޮމަންޑޫއަށެވެ.
އަންގާރަ ދުވަހު ޒިޔާރަތް ކުރާނީ އެ އަތޮޅު މަރޮއްޓާއި ފޭދޫއަދި ބިލެތްފެއްސާއި ގޮއިދޫގެ އިތުރުން ކަނޑިތީމަށް ކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެއެވެ.
އަތޮޅު ކައުންސިލުން ބުނީ، ބުރާސްފަތި ދުވަހު ނޫމަރާ އަށާއި ފޯކައިދޫގެ އިތުރުން ފީވަކާއި މިލަންދޫ އަދި ނަރުދޫއަށް ޒިޔާރަތްކުރަން ހަމަޖެހިފައިވާކަމަށެވެ.