ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް މިދިޔަ ބުދަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، ފަތުރުވެރިޔާ އަނބުރާ ގައުމަށް ފޮނުވައިލައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފަތުރުވެރިޔާ އަނބުރާ ގައުމަށް ފޮނުވައިލައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

އެނގިފައިވާ ގޮތުގައި ވަޒަންތަކަކާއެކު ހައްޔަރުކޮށްފައިވަނީ އިސްރާއީލްގެ ފަތުރުވެރިއެކެވެ. އޭނާގެ ދަބަހުން 15 ވަޒަން ފެނިފައިވެއެވެ.