ރަމަޟާން މަހު ސަރުކާރުގެ އޮފީސްތައް ފަށާނީ 9:00ގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އަންނަ ރަމަޟާން މަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 13:00އަށް ކަމަށެވެ.

މީގެ އިތުރުން، ޝައްވާލް މަހުގެ ފުރަތަމަ ހަފުތާގައިވެސް އޮފީސްތައް ހުޅުވާނީ މި ގަޑިތަކުގައި ކަމަށް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.

"އެ ދުވަސްތަކުގައި މި ދެންނެވި ވަގުތަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި،" ރައީސް އޮފީހުން ބުންޏެވެ.

ކަލަންޑަރުން ދައްކާ ގޮތުގައި، މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ. ފިޠުރު ޢީދު ދުވަހަކީ މެއި މަހުގެ ދެވަނަ ދުވަސް ކަމަށް ކަލަންޑަރުން ދައްކައެވެ.