އުރީދޫ މޯލްޑިވްސް އާއި މެޓަަ ކުންފުނި ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، އެޑް-އޮންސް ގަނެވޭނެ އިންތިޒާާމް ހަަމަަޖައްސައިފިއެވެ.

އުރީދޫ މޯލްޑިވްސް އިން މެޓަަ އާ ގުޅިގެން މި ޚިދުމަތް ފޭސްބުކް މޮބައިލް ސެންޓަރުން ފޯރުކޮށްދީފައިވަނީ، އެކުންފުނީގެ ރަސްމީ ޑިޖިޓަލް ޗެނަލްތަކުގެ އިތުރުން، އާންމު ބޭނުންތަކުގެ ޕްލެޓްފޯމްތައް މެދުވެރިކޮށް، ފަސޭހަކަމާއެކު ޚިދުމަތް ހޯދޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް އުރިދޫން ބުނެއެވެ.

ފޭސްބުކަކީ ރާއްޖޭގައި އެކަކު އަަނެކަކާ ގުޅުން ބަދަހިކޮށް، މައުލޫމާތާއި ޚަބަަރު ލިބިގަތުމަަށާއި މުނިފޫހިފިލުވުމަށް ބޭނުން ކުރާ ޕްލެޓްފޯމެއް ކަމަށް އުުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެި ޕާޓްނާޝިޕާއެކު ފޭސްބުކް ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު ފަސޭހަަކަަމާއެކު ފޭސްބުކް މެދުވެރިކޮށް ރީޗާޖްކޮށް، ފޭސްބުކް އަދި އެހެނިހެން ޕްލެޓްފޯމްތައްވެސް މެދުކެނޑުމެއްނެތި ބޭނުންކޮށްލެވޭނެ ކަމަށެވެ.

"މެޓަ އާ އެކު އަޅުގަނޑުމެންގެ ޕާޓްނާޝިޕް އިިތުރަަށްް ވަރުގަދަކޮށް އީޖާދީ ހައްލުތަކާ އެކު އަޅުގަނޑުމެންގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަކީ އަޅުގަނޑުމެންްނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ފޭސްބުކް މެދުވެރިކޮށް އެޑް-އޮން ރީޗާޖް ކުރުމަށް ނުވަތަ ގަތުމަށް:

1. ފޭސްބުކަށް ލޮގިން ވުމަށް ފަހު މެނޫ ހިޔާރުކުރައްވާ

2. ސެޓިންގްސް އެންޑް ޕްރައިވެސީ ހިޔާރު ކުރަައްވާ

3. "މޮބައިލް ސެންޓަަރ-އުރީދޫ މޯލްޑިވްސް" ހިޔާރު ކުރެއްވާ

4. ރިޗާާރޖް ހިޔާރު ކޮށް މައުލޫމާާތު ކަަަށަވަރު ކުރައްވާ

އުރީދޫ މޯލްޑިވްސް އިން ވަނީ ފޭސްބުކް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ފޭސްބުކް ބޭނުންކުރެވޭ ޓެކްސްޓް އޮންލީ ފޭސްބުކް ވާޝަން ވެސް ބޭނުންކުރުމަށް ފަަހިކޮށްދީފައެވެ.

އެ ހިދުމަތްތަކާއެކު، އުރީދޫ މޮބައިލް ބޭނުންކުރާ ފަރާތްތަކަށް، އެއްވެސް ޑޭޓާ ސަބްސްކްރިޕްޝަނަކާ ނުލާ، ފޭސްބުކް އަދި ފޭސްބުކް މެސެންޖާގެ ބޭސިކް ވާޝަން ބޭނުންކުރެވޭނެއެވެ.

މިއަދު ތަައާރަަަފް ކުރި އެ ޚިދުމަތާާއެކު ޕްލެޓްފޯމް ތެރެއިން ރިޗާޖްކޮށް، ޓެކްސްޓް އޮންލީ ވާޝަން އިން ފޭސްބުކްގެ ފުރިހަަމަަަ ވާޝަންއަށް ބަަަދަލުކޮށް ވީޑިއޯ އަދި ފޮޓޯ ބަަލާާލެވޭނެއެވެ.