އޮސްޓްރޭލިއާއަށް އުފަން މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ލެޖެންޑް ޝޭން ވޯން ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅޭ އައި ތައި އައިލެންޑްގައި ހުންނަ ވިލާއަކުންނެވެ. އޭނާ މަރުވިއިރު އުމުރަކީ 52 އަހަރެވެ.

އޭނާ މަރުވުމާ ގުޅިގެން އޮސްޓްރޭލިއާގެ ސަރުކާރުން ވަނީ ޖާނާޒާގެ ކަންކަން ރަސްމީ އިއްޒަތުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ. މިކަމާ ގުޅިގެން މެނޭޖްމަންޓް ކުންފުނިން ބުނެފައިވަނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ހާމަކުރާނެ ކަމަށެވެ.

ވޮން އޭނާގެ ކެރިއަރުގައި ކުޅުނު 145 މެޗުގައި ވަނީ 708 ޓެސްޓް ވިކެޓް އެއްކޮށްފައެވެ. މިއީ ކްރިކެޓް ތާރީޚްގައި ދެ ވަނައަށް އެންމެ ގިނަ ވިކެޓް ނެގުމުގެ ރެކޯޑެވެ.

ވޮންގެ ކުއްލި މަރާއެކު ގިނަ ބަޔަކު ދަނީ ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

އޭގެ ތެރޭގައި އޮސްޓްރޭލިއާގެ ގިނަ ކްރިކެޓް ކުޅުންތެރިންނާއި، އެ ގައުމުގެ އިސް ފަރާތްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ތިބިި ކުޅިވަރުގެ ބޭފުޅުން ހިމެނެއެވެ.

ވޮން މަރުވިއިރު، މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަށް އޭނާ ގެނައުމުގެ މަޝްވަރާތައް އިއްޔެ ކުރެވުނު ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް ވަނީ ވިދާޅުވެފައެވެ.