05 Mar 2022, 10:22
ސިނަމާލެ އަދި މާލޭ ހިޔާ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފު ކޮށްދިނުމަށް، މާލޭ ސިޓީ ކައުންސިލުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ.
ޖޫރިމަނާ މަޢާފު ކޮށްދިނުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީ މާލޭގައި ހުންނަ ސިނަމާލެ 1،2،3 އާއި މާލެ ހިޔާ 1،2 އަދި ވިލިމާލޭގައި ހުންނަ، ސިނަމާލެ 4ގެ ފްލެޓްގެ ޖޫރިމަނާ މަޢާފް ކޮށްދޭން އެންމެ ފުރަތަމަ ސިޓީ ކައުންސިލުން އެދުނީ ރައީސް އޮފީހުގައެވެ. ނަމަވެސް އެ އޮފީހުން ސިޓީ ކައުންސިލަށް އެންގީ ޖޫރިމަނާގެ ކަންކަމުގައި އެދެންޖެހޭނީ ފިނޭންސް މިނިސްޓްރީގައި ކަމަށެވެ.
"ރައީސް އޮފީހުން އެގޮތަށް އަންގާފައިވާތީ އެ ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދިނުމަށް ފިނޭންސް މިނިސްޓްރީގައި މި ކައުންސިލުން ވާނީ ސިޓީއަކުން ދަންނަވާފައި،" މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ވިދާޅުވިއެވެ.
ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ޢަލީ "ސަން"އަށް ވިދާޅުވީ އެންމެފަހުން ފްލެޓްތަކުގެ ޖޫރިމަނާ މަޢާފްކޮށްދީފައި ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ.