15 Mar 2012, 00:31
ފްލޮރިޑާ (މާޗް 14) : ދުނިޔޭގައިވާ ފަސްވަނައަށް އެންމެ ގިނަދުވަސްވީ ގަހުގައި ހުޅުޖަހައި އެގަސް އަންދާލަން މަސައްކަތްކުރި އެމެރިކާގެ ޒުވާން އަންހެނަކު، އެމެރިކާ ފުލުހުން، ހައްޔަރުކޮށްފި އެވެ.
3500 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިގަސް އަންދާލުމަށްޓަކައި ހުޅުޖެހިނަމަވެސް ފްލޮރިޑާގެ ފުލުހުންނަށް މިކަން އެނގިގެން މިއަންހެންމީހާގެ މިޢަމަލުވަނީ ހުއްޓުވާފަ އެވެ.
އެމެރިކާގެ ޓީވީ ޗެނެލްއެއްކަމަށްވާ ޓީ.އެޗް.ވީ 11، ބުނިގޮތުގައި އުމުރުން 26 އަހަރުގެ މިއަންހެންމީހާވަނީ ދުނިޔޭގައި ފަސްވަނައަށް އެންމެ މުސްކުޅިގަސް އަންދާލުމަށްޓަކައި އެގަހުގައި ހުޅުޖެހިކަމަށް މިހާރު އިޢްތިރާފްވެސް ވެފަ އެވެ. އުސްމިނުގައި 54.8 މީޓަރުގެ ހުންނަ މިގަސް އެމެރިކާގައި މަޝްހޫރު ވެފައިވަނީ "ސެނެޓަރ" ގެ ނަމުންނެވެ. މިގަސް ހެދިފައިވަނީ ދެކަތްޕަށެވެ.
ފްލޮރިޑާއަށް ޒިޔާރަތްކުރާ އެތަށްބަޔަކު މިގަހުގެ ކައިރީގައި ތިބެގެން ފޮޓޯނަގައިހަދައެވެ. މިގަހުގެ ކައިރީގައި ފޮޓޯނެގުމުގެ އިތުރުން ގަސް ބަލާލުމަށްވެސް ގިނައަދަދެއްގެ ޓޫރިސްޓުން އަންނަކަމަށް ވެއެވެ. މީގެތެރޭގައި އެމެރިކާގެ އެހެން ސްޓޭޓްތަކުންވެސް މީހުން އަންނަ މީހުންވެސް ހިމެނެ އެވެ.
"ސެނެޓަރ" ގަސް ހުންނަނީ ފްލޮރިޑާގެ ސެމިނޯލް ޑިސްޓްރިކްޓް ގައެވެ. މިއީ އެސްޓޭޓްގެ މެދުތެރޭ ސަރަޙައްދެކެވެ. (ގޫރީނާ ނިއު)