14 Mar 2012, 18:37
ރެއާލް މެޑްރިޑްގެ ބްރެޒިލް މިޑްފީލްޑަރު ކަކާ އެކުލަބުން ބޮޑު އަގެއްގައި ވިއްކާލާނެ ކަމަށް ގިނަ މީޑިއާ ރިޕޯޓްތަކަކުން ބުނަން ފަށައިފި އެވެ.
އޭސީ މިލާންގެ ކާމިޔާބީ ދުވަސްތަކެއް ހޭދަކުރުމަށް ފަހު، 2009 ވަނަ އަހަރު 55 މިލިޔަން ޕައުންޑްގެ އަގަކަށް ރެއާލް މެޑްރިޑަށް ބަދަލުވި ކުޅުންތެރިޔާއަށް މޮޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވެ އެވެ. ނަމަވެސް މިހާރު އޭނާގެ ބޭނުން މޮރީނިއޯ މަދުމަދުން ހިފަމުންދެ އެވެ.
މި މީޑިއާ ރިޕޯޓްތަކުން ބުނަމުންދާ ގޮތުގައި ރެއާލްގައި ކަކާގެ ބޭނުންތެރިކަން އަންނަ ސީޒަނުގައި ކުޑަވާނެ އެވެ.
ޗެލްސީ އާއި، ޕީއެސްޖީ އަދި ކަކާގެ ކުރީގެ ކުލަބު އޭސީ މިލާނުން ވެސް އޭނާ ހޯދުމަށް މިސީޒަނުގައި މަސައްކަތް ކޮށްފައިވެ އެވެ.