03 Mar 2022, 22:04
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ނާސިން ސްކޫލާއި ޓްރީ ޓޮޕް ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ މުޙައްމަދު ޝަރީފެވެ. އަދި ޓްރީ ޓޮޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ހޮސްޕިޓަލުގެ އޯނާސް ރެޕްރެސެންޓޭޓިވް ސަރާ މޫސާއެވެ.
ނާސިން ސްކޫލުގެ ޑީން އާސިޔާ އިބްރާހީމް "ސަން" އާ ވާހަކަދައްކަވަމުން ވިދާޅުވީ އެ އެއްބަސްވުމަކީ ނާސިން ސްކޫލުގެ ދަރިވަރުން ކިޔެވުމުގެ ބައެއްގެ ގޮތުން ބައެއް ކްލިނިކަލް މާއްދާތައް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދަން ވެވުނު އެއްބަސްވުމެއްކަމަށެވެ.
"މިއީ ހަމަ ނާސިން ސްޓޫޑެންޓުންނަށް ތަޖުރިބާ ހޯދައިދޭން ޓްރީ ޓޮޕާއެކު ވެވުނު އެއްބަސްވުމެއް،" އޭނާ ވިދާޅުވިއެވެ.
ކޮންމެ އަހަރަކު އެމްއެންޔޫން ނަރުސްކަން ކިޔަވާފައިވާ ގިނަ އަދަދެއްގެ ދަރިވަރުން ދަސްވެނިވެއެވެ.